މާލޭގައި އެކްސިޑެންޓެއް ހިނގާ ޒުވާނަކަށް އަނިޔާ ވެއްޖެ

މުހައްމަދު ސާބިގް
މާލޭގައި ހިނގާފައިވާ އެކްސިޑެންޓެއް

މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގަން ދިމާވީ، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން އައިސް ޕާކު ކޮށްފައިއޮތް ޓެކްސީއެއްގައި ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓް ގައި އަނިޔާވެފައި ވަނީ، ސައިކަލް ދުއްވަން އިން އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނައިރު، މި ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައެވެ.

މި އެކްސިޑެންޓުގައި ސައިކަލާއި، ކާރަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު