އަޅުގަނޑަށް ފައިޓް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް: ރައީސް ޔާމީން

މޫސާ ހުސެއިން
ކުރީގެ ރައީސް، އަބްދުﷲ ޔާމިން ކުރީގެ ރައީސް، އަބްދުﷲ ޔާމިން

އަޅުގަނޑަށް ފައިޓް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް، އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ. ޕީޕީއެމް އިން މަޖިލީސް އިންތިޚާބުގައި ވާދަކުރާ މެމްބަރުންނާ ޓިކެޓް ހަވާލުކުރުމަށް ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމީޔާތެއްގައި މުހާތަބުކުރަށްވަމުުން ކުރީގެ ރައީސް، އަބްދުﷲ ޔާމިން ވިދާޅުވީ، އިންތިޚާބުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މޮޅެއް ނުލިބުނީ އެކަށީގެންވާވަރުގެ ތަހުގީގެއް ކުރިޔަށް ގެންދެވިފައި ނެތީމާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވުމަށް ފަހު ކުރީގެ ރައީސް، އަބްދުﷲ ޔާމިން ސިޔާސީ ހަރަކާތާ ދުރުގައި ހުންނެވުމަށް ފަހު މިއަދު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ވިދާޅުވީ ގާނޫނު އަސާސީގައި އަސްލު އޮންނަގޮތަކީ، ވޯޓް ކަރުދާސްތައް ބެހެއްޓިފައި ހުންނަން ޖެހޭނީ ފުލުހުންނާއި އިލެކްޝަން ކޮމިޝަން، މި ދެ މުއައްސަސާގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް ނިމިދިޔަ އިންތިހާބުގައި ވޯޓު ކަރުދާސްތައް ބެލެހެއްޓީ ހަމައެކަނި އިލެކްޝަން ކޮމިޝަނުން ކަމަށެވެ.

" ވޯޓުގެ މައްސަލައިގައި ތަހުގީގު ކުރިޔަށް ދަނިކޮށް އިލެކްޝަން ކޮމިޝަން އިން ވޯޓް ކަރުދާސްތައް ނައްތާލި، އަޅުގަނޑުމެން މުއައްސަސާތަކަށް މައްސަލަވެސް ހުށަހެޅިން، އެކަމަކު އެއްވެސް މުއައްސަސާ އަކުން އަޅައެއްނުލި" ރައީސް ޔާމީން ވިދާޅުވިއެވެ. 

ވޯޓުގެ މައްސަލައިގައި ފުލުހުންނާއި، އިލެކްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އިހުމާލު އޮތްކަމަށް ރައީސް އަބްދުﷲ ޔާމިން ތުހުމަތު ކުރެއްވިއެެވެ. އަދި ރައީސް އަބްދުﷲ ޔާމިން ދެއްކެވި ވާހަކަތަކަކީ މިހާރު ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ. އަދި ވޯޓު އޮޅުވާ ނުލާ ނަމަ ތަހުގީގެއް ކުރިއަށް ދަނިކޮށް ވޯޓް ކަރުދާސްތައް ނައްތާލީ ކީއްވެތޯ ސުވާލު އުފައްދާފައިވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ރައީސް އަބްދުﷲ ޔާމިން ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ވޯޓު އޮޅުވާލައިފައިވާ ކަމަށް ވިދާޅުވެ ވޯޓު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ވޯޓު ބާތިލް ކުރުންޖެހޭ ސަބަބެއް ނެތްކަމަށް ބުނެ ހުކުމެއް އިއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު