ޕީޕީއެމް އިން ވާދަކުރާ 24 ދާއިރާއެއް އިއުލާން ކޮށްފި

މޫސާ ހުސެއިން
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމް އިން ކުރިއަށް އޮތް މިޖިލީސް އިންތިހާބުގައި 24 ދާއިރާއަކަށް ކުރިމަތިލާން ނިންމައިފި އެވެ. ޕީއެމްގެ އޮފީހުގައި މިރޭ ކުރިއަށްގެންދިއަ ރަސްމިއްޔާތެއްގައި މެންބަރުންނަށް ޓިކެޓް ދީފައިވަނީ ޕްރައިމަރީއަކާއި ނުލައެވެ. ޓިކެޓް ދިން ކަމުގެ ލިޔުން ހަވާލުކޮށް އެކަން އިއުލާންކުރެއްވީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ބާކީ ހުރި ދާއިރާތައްވެސް އެ ޕާޓީ އިން ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ. އަދި ދެންހުރި ދާއިރާތަކުން ބައެއް ދާއިރާ ތަކަށް ޓިކެޓް ދޭނީ ޕްރައިމަރީ އަކަށްފަހު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޕީޕީއެމްއިން ވާދަކުރާ ދާއިރާތަކާއި އެ ދާއިރާތަކަށް ކުރިމަތިލާ ބޭފުޅުން

  • ވެލިދޫ ދާއިރާއަށް އަބްދުﷲ ޔާމީން
  • ކެލާ ދާއިރާއަށް އަލީ އާރިފް
  • އިނގުރައިދޫ ދާއިރާއަށް އިބްރާހިމް ފަލާހު
  • ބާރަށު ދާއިރާއަށް އިބްރާހިމް ސުޖާއު
  • ގުރައިދޫ ދާއިރާއަށް އިބްރާހިމް ރިޒާ
  • ފުނަދޫ ދާއިރާއަށް އަލީ ސަލީމް
  • މިލަންދޫ ދާއިރާއަށް ހަސަން މުފީދު
  • ހޯރަފުށީ ދާއިރާއަށް މުހައްމަދު އިސްމާއިލް
  • ދުވާފަރު ދާއިރާއަށް މުހައްމަދު އަލީ
  • އޭދަފުށި ދާއިރާއަށް އަހުމަދު ސަލީމް
  • ތިނަދޫ ދެކުނު ދާއިރާއަށް އަހުމަދު ނިހާން ހުސެން މަނިކު
  • ނައިފަރު ދާއިރާއަށް އަހުމަދު ޝިޔާމް
  • މަހިބަދޫ ދާއިރާއަށް އަހުމަދު ތޯރިގު
  • ނިލަންދޫ ދާއިރާއަށް ޑރ. އަބްދުﷲ ހަލީލް
  • ފޮނަދޫ ދާއިރާއަށް އަބްދުއްރަހީމް އަބްދުﷲ
  • ގެމަނަފުށީ ދާއިރާއަށް ޖަމީލް އުސްމާން
  • ގައްދޫ ދާއިރާއަށް އަހުމަދު ރަޝީދު
  • މަޑަވެލި ދާއިރާއަށް މުއާޒު މުހައްމަދު
  • ފުވައްމުލަކު ދެކުނުއަށް ދާއިރާ އަބްދުﷲ މަސީހު މުހައްމަދު
  • ހުޅުދޫ ދާއިރާއަށް އަހުމަދު ޝާހިދު
  • ފޭދޫ ދާއިރާއަށް އިބްރާހިމް ދީދީ
  • މާފަންނު ދެކުނު ދާއިރާއަށް އަބްދުﷲ ރިފާއު
  • މާފަންނު މެދު ދާއިރާއަށް އަސްމާ ރަޝީދު
  • ގަލޮޅު ދެކުނު ދާއިރާއަށް އަހުމަދު އަސްއަދު
ކިޔުންތެރިންގެ ހިޔާލު