މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ޢަލީ ޔާމީން
މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ - ފޮޓޯ/ ފޭސްބުކް

މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮތް މީހާ ފެނިފައިވަނީ މ. ކުނޫޒް ކައިރީ ހުރި ގެއަކުންނެވެ. " ޖަޒީރާ" އަށް މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މ.ރަންމާގުލްޝަން ގޭގައި ދިރިއުޅޭ، މުހައްމަދު ނާއިފް ނަޝީދު ކިޔާ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، އެނާ މަރުވިކަން އެނގުނީ ނިދާފައި، ހޭނުލައިގެން ގޮވަން ދިއުމުންނެވެ. ނާއިފް އަކީ ދާދި ފަހުން ރަޝިއާ އިން ޑޮކްޓަރުކަން ކިޔަވައިގެން އައިސް، ކްލިނިކެއްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮތް ފިރިހެނަކު ފެނިގެން މިއަދު 16:30 ހާއިރު އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން ދާތީ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު