ކުޑަހުވަދޫ ގޮނޑުގައި ރޯކޮށްލާތީ އާމުންނަށް ތުރާލެއް

ޙުސެއިން ޝާހް
Flowers

ދާލު އަތޮޅު ކުޑަހުވަދޫގެ ކުނިގޮނޑު ގައި ރޯކޮށްލާތީވެ އާމުންނަށް އުނދަގުވަމުންދާ ކަމުގެ މައުލޫމާތު ޖަޒީރާއަށް ލިބިއްޖެއެވެ. ކައުންސިލްގެ ރައީސް އަހްމަދު ޝާމް ޖަޒީރާއާއި ވާހަކަ ދައްކަމުން ވިދާޅުވީ " އެކަމަކީ ބަޔަކު ގަސްތުގައި ކުރަމުންދާ ކަމެއް، މިމައްސަލަ އަކީ އާންމުކޮށް ކުރަމުންދާކަމެއް " ކަމުގައެވެ. ކުނިގޮނޑު ސަރަހައްދަކީ ދާލު އަތޮޅު ވާނީ ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދު ކަމަށް ވުމާއިއެކު، އިރުވައި މޫސުމުގައި މިފަދަ ކަމެއް ކުރުމުން ރަށުތެރެއަށް ދުން ހިފާ އާމުންނަށް އުނދަގޫތަކާއި ކުރިމަތިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ޝާމް ވިދާޅުވެފައި ވެއެވެ.

މިފަދަ ޝަކުވާތަކަކީ ވަރަށް ގިނަ ފަރާތްތަކުގެ ޝަކުވާއަކަށް ވެފައިވާ ކަމެއްކަން ފާހަގަ ކުރައްވަމުން ޝާމް އިތުރަށް ވިދާޅުވީ، އަންހެނުންގެ ކޮމެޓީއާއި ކައުންސިލް އާއި ގުޅިގެން ބަލަހައްޓަމުންދާ މިކުނި ގޮނޑު މިގޮތަށް ރޯކޮށްލާ ފަހަރު ތަކުގައި އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއި އެކު އަލިފާންގަނޑު ނިއްވާލާ ކަމަށެވެ. އަދި ޖެއްސުމަށް ކުރާ މިފަދަ ކަންކަމުގެ ސަބަބުން ސިއްހީގޮތުން ތަފާތު މައްސަލަތަށް ކުރިމަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ވިދާޅުވެފައި ވެއެވެ.

ކައުންސިލުން ކުޑަހުވަދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމް ކޮށްފައި ވީނަމަވެސް މިތަނުގެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މިކަމަށް ބޭނުންވާ ބިދޭސީން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލްގެ ފަރާތުން މައުލޫމާތުދެއެވެ.

Attack Liquid Detergent Plus Softener
ކިޔުންތެރިންގެ ހިޔާލު