ތުލުސްދޫ އާއި މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދު، އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން ފަޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ދެ މެޖިސްޓްރޭޓުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ.
ޖޭއެސްއީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައިނާނުއާއި އަދުނާނު މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވަނީ އެ ދެ މެޖިސްޓްރޭޓުންނާ ގޫޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ސާބިތުވެފައިވާތީ ކަމަށެވެ.
އެހެން ނަމަވެސް ދެ މެޖިސްޓްރޭޓުންނަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައެއް ކަމަށް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
މިލިޔުން ކިޔާލުމުން