ރައީސް ޔާމީން ހައްޔަރުކުރަންވެސް ގޮވީ އަޅުގަނޑު، މިހާރު މިގޮވަނީ އޭނާ މިނިވަންކުރާށޭ: ޖާބިރު

ޢަލީ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި އެމަނިކުފާނު ވަގުތުން ވަގުތައް ދޫކޮށްލަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ގޮވާލާފައިވާނެ ކަމަށެވެ. އަދި މިހާރު މިގޮވާލަނީ އެމަނިކުފާނު މިނިވަންކުރުމަށް ކަމަށާއި ޔާމީން މިނިވަންކުރުމަށް މި ގޮވަމުންދަނީ، ރައީސް ޔާމީނަކީ ޖާބިރުގެ ރައްޓެއްސަކަށް ވުމުން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީނާއި ބައްދަލުކުރުމަ އޮންނާނީ އެދިފަ.. އެއީ ޖާބިރު. ކާށިދޫ ދާއިރާގެ މެމްބަރު ގޮވަމުން ދިޔައީ އޭނާ ހައްޔަރުކުރަން.. ޖާބިރު މި ގޮވާލަނީ އޭނާ މިނިވަންކުރަން މިހާރު... އެއީ ޖާބިރުގެ ރައްޓެއްސެއް އޭނާއަކީ އިނގޭތޯ ރައީސް..." ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އޭނާގެވެސް ރައްޓެހިން ތިބޭ ކަމަށާއި ކުއްލި އަކަށް ރައްޓެހިން ބަދަލުނުކުރެނެ ކަމަށެވެ.

"އެއީ ޖާބިރުގެ ރައްޓެއްސެއް އޭނާއަކީ އިނގޭތޯ ރައީސް... ޖާބިރުގެވެސް ރައްޓެހިން ތިބޭނެއެއް ނޫންތޯ ރައީސް... ކުއްލިއަކަށް ރަށްޓެހިން ބަދަލެއް ނުކުރެވޭނެކަން ރައީސްއަށްވެސްް އެނގިވަޑައިންނަވާނެ ނޫންތޯ... އަޅުގަނޑާ ރައީސާއި އޮންނަ ރައްޓެހިކަމާ މިތާ މިދައްކާ ވާހަކައާއި މީ މުޅިން ތަފާތު ދެވާހަކައެއް އިނގޭތޯ ރައީސްް..." ޖާބިރު ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ޖާބިރު ގޮވާލައިފައިވާއިރު، އެމަނިކުފާނު ހައްޔަރުކުރުމަށް އެންމެ އަޑުހަރުކޮށް މީގެ ކުރިން މަޖިލީހުގައި ވާހަކަދެއްކެވީވެސް ޖާބިރެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު
ބޭބެ
ތީ ހަމަ ލޮލީ
ޒީ
ދެފުށް ކެ ހެރިއެެއްތަ ތިއީ ޖާބެ؟