ހައިލަމް ވަކިކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

ޢަލީ ޔާމީން
ފޮޓޯ: ސަން ފޮޓޯ: ސަން

ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ މަގާމުން ވަކި ކުރަން ފެންނަކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ހައިލަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ ރޭގެ ވަގުތެއްގައެވެ.

ޖޭއެސްސީއިން ރޭ ވިދާޅުވީ ހައިލަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުވެ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ޖޭއެސްސީއަށް އިއްތިފާޤުވެވިފައިވާ ކަމަށާއި، ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް ކަމަށެވެ.

ހައިލަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމިއިރު، އެ މައްސަލައާ މެދު ވަކިގޮތެއް ނިންމަން މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު