ފޮނަދޫ މަތިން ފެނުނީ ލައިޓްވޭވެއް!

ޢަލީ ޔާމީން
ފޮޓޯ: ވަގުތު ފޮޓޯ: ވަގުތު

މިއަދު މެންދުރު ލ. ފޮނަދޫ މަތިން ފެނުނު އަލި ގަނޑަކީ ޖެޓެއް ހައިލް އެޓިއުޑުގައި ދަތުރު ކޮށްފައި ދިޔުމުގެ ސަބަބުން އުފެދުނު ކުލަތަކެއް ކަމަށް ރާއްޖޭގެ އޭވިއޭޝަންގެ މައުލޫމާތު ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމަށްވާ "އެވިއޭޓާސް މޯލްޑިވްސް" އިން ބުނެފި އެވެ.

ފޮނަދޫ މި އަލި ފެނިފައިވަނީ މިއަދު މެންދުރު 12:00 ޖެހިއެހާކަން ހާއިރުކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ބުނެއެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ، ކައުންސިލްގެ ސަމާލުކަމަށް އެކަން އައިރު ވެސް އަލިތަށް ހުރީ ރަށްމަތިން ފެންނަން ކަމަށާއި، އެއީ ކިހިނެތް ހިގިކަމެއް ކަން ބުނެދޭން ނޭގޭ ކަމަށެވެ.

ބައެއް މީހުންނަށް މި އަލިތައް ރެއިންބޯއަކާއި ސިފަވާއިރު، އަނެއް ބައި މީހުން ހީކޮށްގެން ތިބީ އެއީ ފްލެއަރ ގަންއެއް ޖެހުމުގެ ސަބަބުން އުފެދުނު ކުލަތަކެއް ކަމަށެވެ.

އެވިއޭޓާސް މޯލްޑިވްސްއިން ހިއްސާ ކޮށްފައިވާ މައުލޫމާތު އެނގޭ ގޮތުގައި މިއީ މިއަދުގެ ވަގުތެއްގައި ފޮނަދޫ މަތިން ދިޔަ ޖެޓެއް ހައި އެޓިޓުއުޑުގައި ދަތުރު ކުރުމުގެ ސަބަބުން އުފެދުނު އަލިގަނޑަކެވެ. މިގޮތަށް މިކަން ހިގަނީ، އެއާ ޕްރެޝާ އަދި ވައިގެ ޓެމްޕެރޭޗާ ޖެޓުގެ ފިޔަގަނޑާވި ދިމާލުން ތިރިވުމާ ގުޅިގެންނެވެ. މިގޮތަށް ޖެޓެއް ދަތުރު ކޮށްފައިދާއިރު ވައިގެ ޓެމްޕަރޭޗާ ދަށްވުމުގެ ސަބަބުން ވޯޓާ ވޭޕާ ގަނޑުވެ އެކި ސައިޒަށް ބަދަލުވެ އިރުގެ އަލި އެޅުމުގެ ސަބަބުން ގަނޑުވެފައިވާ ވޯޓާ ވޭޕާތަށް ކުލަތަކެއްގެ ސިފައިގައި ފެނެ އެވެ. 

ފޮނަދޫ މަތިން ފެނުނު ތަފާތު އަލިގަނޑުގެ ފޮޓޯތައް މީސް މީޑިޔާގައި ވަނީ ވައިރަލްވެ އެތައް ބައެއްގެ ސަމާލުކަން އެއަށް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު