މަސްތުވާތަކެތީގެ ވިޔަފާރީގެ ދެ ބޮޑުން ހައްޔަރުކޮށްފި

ޢަލީ ޔާމީން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމުން އިއްޔެ ރޭ ހިންގި އޮޕަރޭޝަންއެއްގައި 44 އަދި 47 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގަިއ އެމީހުން ހައްޔަރުކޮށް ކޯޓް އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 33 ދަޅާއި ދެ ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި މަސްތުވާތަކެތި ކުށްކޮށްގެން ހޯދައިފައިވާ ފައިސާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން ތަހުގީގް ކުރަމުންދާކަމަށެވެ.

ފުލުހުން މިއަހަރު ކުރީކޮޅު ބުނީ ސެކިއުރިޓީ ވަރުގަދަކޮށްގެން، މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ބައެއް ގެތައް މާލޭގައި މިހާރު ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު