އެސްްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް ދެމިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި

ޢަލީ ޔާމީން
ފޮޓޯ: ޕީއެސްއެމް ފޮޓޯ: ޕީއެސްއެމް

ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަގެ ދަށުން ހިންގާ އެގްރިކަލްޗާ ޑިވިޝަނުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވު ނުވަގަޑި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ފޮރެސްޓްރީ އެންޑް ކޮކޮނަޓް ރެހިބިލިޓޭޝަން ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެން ފައިސަލް ވިދާޅުވީ, ދަނޑުވެރިކަމަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް މިހާތަނަށް 2،225،000 ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އަދި ލޯނު ޕްރޮގްރާމުގެ ބޭނުމަކީ ދަނޑުވެރިކަން މިހާރު ކުރަމުންދާ ފަރާތްތަކާއި ދަނޑުވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމާއި ދަނޑުވެރިކަން ކުރިއެރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ގިނަ ލޯނުތަކަކީ ދަނޑުވެރިކަމުގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް ދޫކުރެވިފައިވާ ލޯނުތައް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"އަމާޒަކީ އާ ޓެކްނޮލަޖީތައް ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރެއަށް ގެނެސް އެ މަންފާ އާއި ކުރިއެރުން މި ސިނާއަތުގެ ތެރެއަށް ގެނައުން،" ފައިސަލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު