އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަ ދުވަސް އިތުރުކޮށްފި

ޢަލީ ޔާމީން

އަންނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް 6 ދުވަހެއް އިތުރުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

އަންނަ އަހަރުގެ އިތުރުކުރެއްވި ބަންދު ދުވަސްތަކުގެ ތެރޭގައި ޖެނުއަރީ 2 އަކާއި، މޭ މަހުގެ 27 ވަނަ ދުވަހާއި، ހަމަ އެމަހުގެ 28 ވަނަ ދުވަހާއި، ޖުލައި މަހުގެ 28 ވަނަ ދުވަސް އަދި 29 ވަނަ ދުވަހުގެ އިތުރުން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަސް ހިމެނެއެވެ.

މިކަން ހާމަކޮށް ރައީސްގެ ތަޖުރަމާނު އިބްރާހިމް ހޫދު ވަނީ ދެންމެ ޓްވީޓެއް ކުރައްވާފައެވެ.

ހޫދު ވިދާޅުވީ ރައީސް އޮފީހުން އެދުވަސް ދުވަހަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، އޭގެ ތެރެއިން ބައެއް ދުވަސްތަކީ ދެ ބަންދުގެ ދޭތެރޭގައި އަންނަ ދުވަސްތަކެއް ކަމަށް ވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު