އެސްބީއައި ކައިރީގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ ކުރިމަތީގައި ގްރޫޕަކުން ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

މި ހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާ އެހާކަންކާއިރު އެވެ.

އެ މާރާމާރީގެ ވީޑިއޯއެއް ވައިރަލްވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި 9 މީހުންގެ ގްރޫޕަކުން ޒުވާނަކަށް އަނިޔާކޮށް ބިންމައްޗަށް ވައްޓާލައެވެ.

އެ ޒުވާނާއަށް އަނިޔާކުރަނިކޮށް، އެތަނަށް ފުލުސް މީހެއް އައުމުން ސައިކަލު ތަކެއްގައި އެ ގްރޫޕު ދާ މަންޒަރު ފެނެއެވެ.

މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު
ވަތަވައްސި
ފޮލިސް އޮފިސަރު ބިރުން މާރާމާރީ ހިންގި މީހުން ހައްޔަރު ނުކުރީ! އެކަކު ގައިގަ ލައިގަނެފަ ދިޔައިރުވެސް ހިފަހައްޓާކަށް ނުކެރުނު! ކީއްކުރާ ފިނޑި ބައެއް؟
ށ
ބޮޑަށް ވައްތަރީ ސަދަންގޫރު ބޮއެގެންތިބި ރާމާމަކުނު ތަކަކާ.