ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޚްތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

އައިމިނަތު ޔުމްނާ
ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ

ކޮމަންވެލްތު އެންޓަރ ޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލްގެ ޗެއަރމަން، ހިޒް އެކްސަލެންސީ ލޯޑް މާލޭންޑް (ޖޮނަތަން ޕީޓާރ މާލޭންޑް) 13 ފެބްރުއަރީ 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ، ލޯޑް މާލޭންޑް ވަނީ ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވާތީ އެކަން ފާހަގަ ކުރައްވައި ރާއްޖެއަށް މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ލޯޑް މާލޭންޑް ވަނީ ކޮމަންވެލްތުން ރާއްޖެއަށް މާލީ ދާއިރާ އާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެހީތެރިކަމާ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނޫ އިޤްތިޞާދެއް ބިނާކުރުމުގައި އެހީތެރިކަމާ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާ ، ކޮމަންވެލްތުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ލޯޑް މާލޭންޑް ވަނީ ރާއްޖޭގެ ބައެއް ސަރަޙައްދުތައް ބައޮސްފިއަރ ރިޒާވްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވައި ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު