ލަންޑަން ރެޑް އެލަރޓްގައި ، ވައިރަސް އަށް ޝައްކުކުރެވޭ މެލޭޝިއާ އާއިލާއެއް ކޮރަންޓީން ކޮށްފި

އައިމިނަތު ޔުމްނާ
ޔުނައިޓަޑް އެއަރލައިންސް ޔުނައިޓަޑް އެއަރލައިންސް

ކުއަލަލަމްޕޫރުން ލަންޑަންއަށް މިއަދު ހެނދުނު 7:00 ގައި ޖެއްސި ބްރިޓިޝް އެއަރވޭޒް  ދެގަޑިއިރުވަންދެން ރަންވޭގައި ކޮރަންޓީން ކޮށްފައިބޭއްވި ކަމަށް ޑެއިލީ މެއިލްގައި ވަނީ ރިޕޯރޓް ކޮށްފައެވެ. ފްލައިޓް ޖެއްސުމާއެކު ހެޒްމަތު ސޫޓް ލައިގެން ތިބި ސިއްހީ އެހީތެރިންވަނީ ބޯޓް ކައިރިއަށް އައިސްފައެވެ.
މެލޭޝިއާގެ އާއިލާއަކަށް ވައިރަސް ޖެހިފައިވާކަމަށް ބެލެވިގެން އެމީހުން ވަނީ ކޮރަންޓީންކޮށްފައެވެ. އެހެން ޕަސިންޖަރުން މައުލޫމާތު ދިން ގޮތުގައި ހެޒްމަތު ސޫޓުގައި ތިބި މީހުން ، 8 މެމްބަރުން ހިމެނޭ މެލޭޝިއާގެ އާއިލާ ވަށާ ޓެންޓެއް ޖެހުމަށްފަހު  ބޯޓުގެ އެހެން ޕެސެންޖަރުންވަނީި ބޯޓުން ބާލުވާފައެވެ.
މީގެ އިތުރުން ސެންފްރާންސިސްކޯ އިން އައި ޔުނައިޓަޑް އެއަރލައިންސް ފްލައިޓް 901 ގައި ވައިރަސްއަށް ޝައްކުވާ މީހަކު އިނުމުގެ ސަބަބުން ފްލައިޓުގެ   ޕަސިންޖަރުންނަށް ބޯޓުގެ ކެޕްޓަން ވަނީ ބޯޓު ޖެއްސުމަށްފަހު ސީޓުގައި މަޑުކޮށްގެން ތިބުމަށް އަންގާފައެވެ. އަދި އިތުރު ހަތް ފްލައިޓެއްގައި ވައިރަސް އަށް ޝައްކުވާ މީހުން ތިބިކަމަށް ބެލެވިގެން  މަޑުކުރުވާފައި ބޭއްވިކަމަށް ވަނީ ހަބަރު ލިބިފައެވެ.

ބުދަ ދުވަހު ލަންޑަން އަށް ދަތުރުކުރި ޗައިނާ މީހަކު ކޮރޯނާ ވައިރަސް އަށް  ޕޮޒިޓިވް ވުމާއިއެކު ލަންޑަން އޮތީ ރެޑް އެލަރޓްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު