ށ. ނަރުދޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުންވެއްޖެ

އައިޝަތު ނިއުޝާ
ފޮޓޯ، ރާއްޖެ އެމްވީ ފޮޓޯ، ރާއްޖެ އެމްވީ

އާބާދީގައި 630 މީހުން ދިރިއުޅެމުންދާ، ށ. ނަރުދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، އަދި ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ އިރާކޮޅު އެރަށަށް ވާރޭ ވެހެންފެށި ގޮތަށް، ވާރޭ ހުއްޓާލާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށް، ނަރުދޫ ކައުންސިލުގެ ޕްލޭނިންގް އޮފިސަރ އަޙުމަދު މާހިރު ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވެ،  5 ގެއަކަށް ފެންވަދެ، އަދި އެ ގެތަކުގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރަށްވެސް ފެނުގެއަސަރު ފޯރާފައިވާ ކަމަށް ވެސް މާހިރު ވިދާޅުވިއެވެ.

ރަށުގެ ކައުންސިލް އިދާރަގައި މިވަގުތުހުރި ޕަންޕް ސިސްޓަމެއް ބޭނުންކޮށްގެން، ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން، ފެންހިންދުމުގެ މަސައްކަތް ކުރިއަށްދާކަމުގައި މާހިރު މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު