ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ސަފީރެއް ކަނޑައަޅައިފި

އައިމިނަތު ޔުމްނާ
ރިއަރ އެޑްމިރަލް ނަޒުމުލް ހަސަން ރިއަރ އެޑްމިރަލް ނަޒުމުލް ހަސަން

ބަންގަލަދޭޝްގެ ސަރުކާރުން ރާއްޖެއަށް އެގައުމުގެ ނޭވީ ފްލީޓް ގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ ރިއާ އެޑްމިރަލް ނަޒްމުލް ހަސަން ހަމަޖައްސައިފިކަމަށް ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަނާނަކާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ހާމަކޮށްފަިއެވެ.

ބަންގެލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ބޭފުޅާކު އައްޔަން ކޮށްފައި މިވަނީ ކުރިން  ސަފީރުގެ މަޤާމުގައި ހުންނެވި ރިއަރ އެޑްމިރަލް އަޚްތަރު ހަބީބު ގެ މަގާމުގެ ދައުރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައޮ ހަމަވުމާ ގުޅިގެންނެވެ.

ރިއަރ އެޑްމިރަލް ނަޒްމުލް ހަސަން އަކީ ޗިޓަގޮންގް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ސައިންސް ޑިގްރީ ހާސިލްކޮށް ، ބަންގްލަދޭޝްގެ ނެޝަނަލް ޔުނިވަރސިޓީއިން މާރސްޓަރަސް އިން ޑިފެންސް ސްޓަޑީސް ހާސިލްކޮށް ، ބީޔޫޕީ ގެ ދަށޫން އެމް ފިލް ޕްރޮގްރާމް ވެސް ނިންމަވާފައިހުރި ބޭފުޅެކެވެ.

1984 ވަނަ އަހަރު ބަންގްލަދޭޝް ގެ ނޭވީ އާ ގުޅިވަޑައިގެން ގިނަ ގުނަ ހިދުމަތް ތަކެއް ކޮށްދެއްވާ އިސްމަގާމުތަކެއް އަދާކުރައްވާފައިވަ ރިއަރ އެޑްމިރަލް ނަޒްމުލް ހަސަން ވަނީ ޑިރކެޓަރ ނޭވަލް އޮޕަރޭޝަންގެ މަޤާމް އަދި ޑިރެކްޓަރ ނޭޝަނަލް އިންޓެލިޖެންސްގެ މަޤާމް ފުރުއްވާ ، 2002 ވަނަ އަހަރު ޔޫއެން ޕީސް މޭކިން މިޝަންގައި ޔޫގޮސްލާވިއާގައި ވެސް މަސައްކަތް ކުރައްވާފައެވެ. ނަޒުމުން ހަސަން އެންމެ ފަހުން ހުންނެވީ ނޭވީ ފްލީޓުގެ ކޮމާންޑަރެއްގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު