މާލޭގައި މިއަދު 64 ކައިވެނި ކޮށްދެނީ

އައިމިނަތު ޔުމްނާ
ފެމިލީ ކޯޓު ބޭރުގައި މިއަދު ކައިވެނި ކުރާ މީހުންނާއި އެމީހުންގެ އާއިލާ މަޑުކޮށްލައިގެން
ފޮޓޯ : ޖަޒީރާ ނިއުަސް ފެމިލީ ކޯޓު ބޭރުގައި މިއަދު ކައިވެނި ކުރާ މީހުންނާއި އެމީހުންގެ އާއިލާ މަޑުކޮށްލައިގެން ފޮޓޯ : ޖަޒީރާ ނިއުަސް

މިއަދުގެ ތާރީޚް 20/02/2020 އަކީ މިއަހަރުގެ ރީތި ތާރީޚް ތަކުގެ ތެރޭގައި ހިމެނޭ ދުވަހަކަށް ވާތީ، މާލޭގައި މިއަދު 64 ކައިވެނި ކުރާކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދީފިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް މިއަދުގެ ތާރީޚްއާއި ގުޅުވައިގެން ގިނަ ކައިވެނި ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މުޅިރާއްޖޭގައި މިއަދު ކުރެވުނީ ކިތަށް ކައިވެނި ކަމެއް އެނގިފައެއްނުވެއެވެ. 

ރީތި ތާރީޚް ތަކާއި ގުޅުވައިގެން ކައިވެނި ކުރުމާއި ކައިވެނި ހަފްލާ ބެއްވުން އަދި ރަންކިއުން ނުވަތަ އެންގޭޖްމަންޓް ބޭއްވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަދި ރާއްޖޭގައިވެސް ކުރަމުންއަންނަ ކަމެކެވެ.

މިމަހުގެ 02/02/2020 ވަނަ ދުވަހަކީ ވެސް މިއަހަރު ފާހަގަ ކޮށްލެވުނު ރީތި ތާރީޚް އަކަށް ވެފައި، އެދުވަހު ވެސް މާލާގައި ވަނީ 41 ކައިވެންޔެއް ކުރެވިފައެވެ.

އަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނި ކޮށްނުދިނުމަަށް ފެމިލީކޯޓުން މީގެ ކުރިން ނިންމާފަ އޮތްކަމުގައި ވިޔަސް ، މިދިޔަމަހު އެނިންމުމަށް ބަދަލު ގެނެސް އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނި ކޮށްދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

އެވްރެޖް ގޮތެއްގައި މާލޭގައި ފެމިލީކޯޓުން އާންމު ދުވަސްތަކުގައި ކޮށްދެނީ 10-15 ކައިވެނިކަމަސް މައުލޫމާތު ލިބެއެވެ. ކޯޓުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި 2019 ވަނަ އަހަރު 5035 ކައިވެނި ކުރެވިފައި ވާއިރު 3432 ވަރި ވަނީ ކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު