ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް އެދިއްޖެ

އައިމިނަތު ޔުމްނާ
އައިޖީއެމް ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލް

މިދުވަސްވަރު މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރެމުންދާތީ ބަލިމީހުން އަދި އަދި އަމިއްލަރައްކަލަށްޓަކައި ބައެއް ފަރާތްތަކުން ބަލިމީހުންނަށް ޒިޔާރާތް ނުކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައި މިއަދު އައިޖީއެމް ހޮސްޕިޓަލުން އިއުލާން ކޮށްފިއެވެ.

ބަލިމީހުންނަށް ޒިޔާރާތް ނުކުރުމަށް އެދެވިގެންވާ ފަރާތް ތަކުގެ ގެ ތެރޭގައި ފާނަ ބަސަންދު ޖެހިގެން އުޅޭ މީހަކު ގޭގައި އުޅޭނަމަ އެގެއެއްގެ މީހުން ބަލިމީހުންނަށް ޒިޔާރާތް ކުރުން ރައްކާތެރިއެއްނޫނެވެ. މީގެ ތެރެއިން ކުރިން ފާނަބަސަންދު ޖެހިފައިނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާމީހުން، އަލާމާތެއް ފެންނަން ނެތަސް ބައްޔަށް ހުށައެޅިފައިވާ މީހުންގެ ޒަރީޔާއިން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމުގައިވެއެވެ.

މީގެއިތުރުން ކުޑަކުދިން، ދިފާއީ ނިޒާމު ބަލިކަށި ފަރާތްތައް، އުމުރުން ދުވަސްވީ މީހުން އަދި ރޯގާޖެހި، ހުންއައިސް، ކިނބިހިއަޅާ ނުވަތަ ކެއްސާ މީހުން ވެސް ބަލިމީހުންނަށް ޒިޔާރާތް ކުރަން ހޮސްޕިޓަލްއަށް ނުދިއުމަށް ވަނީ އެދިފައެވެ.

އައިޖީއެމްއެޗް އިން ހާމާކޮށްފައިވާގޮތުގައި ބަލިތަކުން ރައްކާތެރިވުމުަށް އަދި ބަލިފެތުރުން ހުއްޓުވުމަށް ސަމާލުކަންދޭންވީ ކަންތައްތަކުގެ ތެރޭގައި، ކެއްސާ ކިނބިހި އަޅާއިރުގައި ނޭފަތާއި އަނގަމަތި ނިވާކުރުން، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން ނުވަތަ ސެނެޓައިޒަރ ބޭނުންކުރުން،  އަތް ދޮވެގެން މެނުވީ ލޮލާއި، އަނގަ އަދި ނޭފަތުގައި އަތްނުލުން، ރޯގާޖެހި ކެއްސާ ކިބިހިއަޅާ ނަމަ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަސް މާސްކު ބޭނުންކުރުން، ބޭނުންކޮށްފައިވާ މާސްކު ޓިޝޫ ފަދަ ތަކެތި ކޮތަޅަކަށްލާ ބަންދުކުރުމަށްފަހު ނުވަތަ ކޮތަޅުލައްވާފައިވާ ޑަސްބިންއަކަށްލުން، އިންފްލުއެންޒާ ވެކްސިން، އެމްއާރް ވެކްސިން ނުނަންގަވާ ފަރާތްތައް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް، ވީއެންމެ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު