ސިޔާސީ ޕާޓީތައް ފޭލް ވެއްޖެ - އަލްހާން

އައިމިނަތު ޔުމްނާ
އަލްހާން ފަހުމީ އަލްހާން ފަހުމީ

ސިޔާސީ ޕާޓީތައް ފޭލިވެއްޖެ ކަމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ހާމާ ކުރައްވާފައިވާގޮތުގައި، ސިޔާސީ ޕާޓީތައް ފޭލް ވެއްޖެކަމަށާއި، ޤައުމުގެ ސިޔާސީ މިސްރާބް ރަނގަޅުކުރެވޭނީ އައު ލީޑަރޝިޕަކަށް ރައްޔިތުން ފުރުސަތުދީގެން ކަމަށާއި، ލާމަރުކަޒީ ވެރިކަން ޕާޓީކޯޅުމުން މިނިވަން ކުރަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަލްހާން އެކަން ކުރައްވާނެ ކަމަށާއި، ބޭނުމީ މާލޭ ރަށްވެހިގެން ވޯޓު ކަމަށާއި، މާލެ އައު ފަތިހަކަށް އަލި ވިލޭނީ މިނިވަން ވެރިކަމަކަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަލްހާން ވަނީ ރޭ ކާނިވާ ސަރަހައްދުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމް އިން ބޭއްވި "މިއީ މަގޭ ރާއްޖެ" ޖަލްސާއަށް ގިނަ ބަޔަކު ގޮސްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ ޕީޕީއެމްގެ ޖަލްސާ އަކީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއްކަމުގައި ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ޖަލްސާ އަށް އެހާ ގިނަ މީހުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ކުރައްވާ ދުއްތުރާލުގެ ސަބަބުން ކަމަށް، ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު