ވިލިވަރުގެ 30 ކޮޓްރީގެ ކަރަންޓީން ފެސިލިޓީ، 10 ދުވަހުގެ މަސައްކަތް

އައިމިނަތު ޔުމްނާ
ކ.ވިލިވަރު ކ.ވިލިވަރު

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކ.ވިލިވަރުގައި ތައްޔާރު ކުރި 30 ކޮޓަރީގެ ކަރަންޓީން ސެންޓަރު ނިންމުމަށްފަހު ނޭޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހާމަކޮށްފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުމާއެކު ވިލިވަރުގައި ތަރައްގީކޮށްފައިވާ ފެސިލިޓީގެ މަސައްކަތް ނިންމާލެވުނީ 10 ދުވަސްތެރޭ ކަމަށާއި އެކަމަށް 2.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.


ވިލިވަރުގައި ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. ޖާގަ އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި ވޯޑާއި ޓެންޓު އިތުރު ކުރެވޭނެ އިންތިޒާމުވެސް އެރަށުގައި ހަމަޖެހިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ވިލިވަރުގައި ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އަކީ ބަލިމީހުންނަށް ހިތްހަމަޖެހުމާއިއެކު ތިބެލެވޭ ގޮތަކަށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެވެ.


މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރު ތަރައްގީކުރީ އެތަނަށް ގެންދާ ބަލިމީހުންނަށް ދުނިޔެއާއި ގުޅުން ނުކެނޑޭނެ ފަދަ ގޮތަކަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކ.ވިލިވަރަކީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ގެ ހަވާލުގައި އޮތް ރަށަކަށް ވެފައި އެރަށުގައި ކަރަންޓީނު ފެސިލިޓީ ގާއިމްކޮށްފައިވަނީ އެރަށުގެ އެއްބަސްވުމުގެ މާއްދާއަކަށް އިސްލާހު ގެނެސްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު