ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ނިންމައިފި

އައިމިނަތު ޔުމްނާ
ރާއްޖޭގައި ކުޅިވަރުކުޅޭ ތަނެއް ރާއްޖޭގައި ކުޅިވަރުކުޅޭ ތަނެއް

ހެލްތު ޕްރޮޓެކްޝަންގެ ލަފާގެ މަތިން ކުރިޔަށްއޮތް 2 ހަފްތާއަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ނިންމައިފިއެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލުކުރުމަށް ރާއްޖެއިން ދަނީ ތަފާތު ފިޔަވަަޅުތައް އަޅަމުންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސްކޫލުތައް ހުޅުވުން ލަސްކޮށްފައިވާތީ، ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތައް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. އަދި ދެހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މީގެއިތުރުން ވެސް މާލެއާާއި އަތޮޅުތެރޭގައި ދަނީ ތަފާތު ފިޔަވަޅުތައް ރައްކާތެރި ވުމުގެ ގޮތުން އަޅަމުންނެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެމުން އަންނާތީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި 13 މީހުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް ދިވެއްސެއްގެ ގައިން މިބަލީގެ އަލާމާތް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު