ޔޫޓިއުބް އަދި ނެޓްފްލިކްސް އިން ސްޓްރީމިންގ ކޮލިޓީ ދައްކުރަނީ

އައިމިނަތު ޔުމްނާ
ޔޫޓިއުބް އަދި ނެޓްފްލިކްސް ޔޫޓިއުބް އަދި ނެޓްފްލިކްސް

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ބެލުމަށް ނެޓްފްލިކްސް އަދި ޔޫޓިއުބް ބޭނުންކުރާ ވަރު އިތުރު ވެފައިވާތީ އިިންޓަރނެޓްގެ ހިދުމަތަަށް ބުރޫއަރާފާނެތީ ވީޑިިއޯ ފެންނަ ކޮލިޓީ ދަށްކުރަން ނިންމައިފިއެވެ.

މުޅިދުނިޔެއިން 244،000 މީހުންނަށް ކޮވިޑް-19 ގެ އަސަރު ކޮށްފައިވާއިރު ގިނަބަޔަކު ދަނީ އޮފީސް މަސަތްކަތްތައް އިންޓަރނެޓް މެދުވެރިކޮށް ގޭގައި ކުރަމުންނެވެ.

ސްޓްރީމިންގ ޕްލެޓްފޯރމް ތަކާއި، ޓެލެކޮމް އޮޕަރޭޓަރުން އަދި ހިދުމަތް ބޭނުންކުރާ ފަރާތްތަކުން މި ނާޒުކު ދަނޑިވަޅު މަސައްކަތް ކުރަންވީ އިންޓަރނެޓްގެ ހިދުމަތަށް ބުރޫ ނާރާފަދަ ގޮތަކަށް އިންޓަރނެޓް ބޭނުންކުރަން ކަމަށް އީޔޫގެ މާރކެޓްސް އެންޑް ސަރވިސަސް ކޮމިޝަނަރ ތިއަރީ ބްރެޓަން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޔޫޓިއުބްއިން އިއްޔަ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން ކޮމިޝަނަރ ގެ އެދުމުގެ މަތިން 1 މަސްވަންދެން ޔޫޓިއުބުގެ ހުރިހާ ވީޑިއޯއެއް ބެލޭ ކޮލިޓީ ދައްކުރަން ވަނީ ނިންމާފައެވެ.

ނެޓްފްލިކްސްގެ ތަރުޖަމާނު ވިދާޅުވިގޮތުގައި ކޮލިޓީއަށް ގެނެވޭ ބަދަލާއި އެކު ޔޫރަޕުގެ ނެޓްވޯރކްތަކުގެ ޓްރެފިކް %25 އަށް ދައްކުރެވޭނެކަމަށް ލަފާކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު