އިތުރު ދެ މީހަކު ކޮވިޑް-19 ޖެހުމަށްފަހު ރަނގަޅުވެއްޖެ

އައިމިނަތު ޔުމްނާ
ރާއްޖޭގައި ކޮވިޑް-19 އަށް ތައްޔާރުވުމަށް ބޭއްވުނު ހާއްސަ ޑްރިލް ރާއްޖޭގައި ކޮވިޑް-19 އަށް ތައްޔާރުވުމަށް ބޭއްވުނު ހާއްސަ ޑްރިލް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާދެމުން ދިޔަ އިތުރު ދެމީހަކު ބަލިން ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

މީގެ ކުރިން ވައިރަސް ޖެހުމަށްފަހު ރަނގަޅުވީ 3 މީހުންނާއި މިއަދު ރަނގަޅުވީ 2 މީހުންނާއި އެކު ވައިރަސް ޖެހުނު ޖުމްލަ 5 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.

އެދެމީހުން ވައިރަހަސް ނެގެޓިވް ވުމާއިއެކު ގެއަސް ދޫކޮށްލާފައިވާ ކަމަށް މިއަދު މެންދުރުފަހު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމިުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖެއިން މިވައިރަސް އަށް 13 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ޖުމްލަ ފަސް މީހުން ބަލިން ރަނގަޅުވުމުން މިހާރު ފަރުވާދެނުން އަންނަނީ އަށް މީހަކަށް ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 673 ސާމްޕަލް ވައިރަހަށް ޓެސްޓު ކުރިއިރު 660 މީހުން ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ. ކަރަންޓިންގައި ތިބި ޖުމްލަ މީހުންގެ އަދަދަކީ، 496 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު