މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ

އައިމިނަތު ޔުމްނާ
މާފަންނު މާފަންނު

މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ. އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފާ އޮތްކަމަށް މައުލޫމާތު ލިބެއެވެ.

މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނު މި ބިދޭސީމީހާ އަކީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެމީހާ ވަނީ ވަގުތުން  އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާލުވެފައިވަނީ އެމީހާ އޮތީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު