ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފެރީގެ ޚިދުމަތް ފަށަނީ

ފޮރިން މިނިސްޓަރ ޝާހިދު އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޮރިން މިނިސްޓަރ ޝާހިދު އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު

ކުރިޔަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ. 

ފޮރިން މިނިސްޓަރ އަބްދުﷲ
ޝާހިދު މިއަދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު
ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ވަނީ ކާގޯ ފެރީގެ ފެށުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ފެރީގެ ޚިދުމަތް ފެށިގެންދިޔުމަކީ ރާއްޖޭގެ އުތުރު ތަރައްގީވުމަށް އެޅިގެންދާނެ ބޮޑު ފިޔަވަޅެއް ކަމަށާއި ދެގައުމުގެ ސަރުކާރުން ވެސް މި ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކަކީ ފުރިހަމަ ތައްޔާރީތަކެއް ކަމަށެވެ. 



ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދުއެވެ. ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު