އެޗްޕީއޭގެ އެންގުމާ ހިލާފުވެގެން އަންހެނަކު ހައްޔަރުކޮށްފި

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން މީހަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫއިން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

އެ އަންހެން މީހާ ސީދާ ހިލާފުވީ ކޮން ގައިޑްލައިންއަކާ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އެޗްޕީއޭއިން ވަނީ ހޯމް ކަރަންޓީނުވުމަށް ހާއްސަ ގައިޑްލައިންތަކެއް ހަދާފަ އެވެ. އަދި އައްޑޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު