އިހަވަންދޫ ބަނދަރުގެ 22 ޕަސަންޓު މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ދަނީ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ދަނީ

ހއ. އިހަވަންދޫ ބަންދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 22 ޕަސަންޓު ނިމިއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 22 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ. ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 46 ޕަސަންޓު ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 51.72 މިލިއަން ރުފިޔާއަށް ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު