ސަރުކާރުގައި ވައްކަން ގިނަ ކަމަށް ބުނާތީ ނަޝީދުގެ ރައްދު ދެއްވައިފި

މި ސަރުކާރުގައި ވައްކަން ގިނަ ކަމަށް ބުނެ ފާޑުކިޔާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ. 

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއިން ކުރި ހަރަދުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ވަނީ އޮޑިޓް ރިޕޯޓް ނެރެފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

އިދިކޮޅުން ވަނީ މި ސަރުކާރުގައި އިންތިހާއަށް ވައްކަން ކުރަމުންދާ ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ގޮވާލާފައެވެ. 

އެކަމަށް ރައްދު ދެއްވައި މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ދަނީ އެމްޑީޕީގެ މެޖޯރިޓީ މަޖިލިސްއަށް ޖާގަ ދެއްވައި ކަންކަން ފާހަގަކޮށް އިސްލާހު ކުރަމުން ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހަށް ވެއްދީ ސިފައިން ކަމަށެވެ. 

ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އޮތް މިންވަރެވެ.  

ކިޔުންތެރިންގެ ހިޔާލު