ލ. މާބައިދޫ އާ ނެރު ހެދުމުގެ މަޝްރޫއު ނިންމާލައިފި

ލ. މާބައިދޫގައި ތަރައްގީ ކުރި އާ ނެރުގެ މަސައްކަތް ނިންމާލާފައި ލ. މާބައިދޫގައި ތަރައްގީ ކުރި އާ ނެރުގެ މަސައްކަތް ނިންމާލާފައި

ލ. މާބައިދޫ ބަނދަރުގެ އާ ނެރު ހެދުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މާބައިދޫ ނެރު ހެދުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރު އޮގަސްޓު މަހުގައި ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހު އެ މަޝްރޫއު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ތެރެއިން ކުރިން ކަނޑާފައި ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ކުރި އެވެ. އަދި 17،503.96 ކިއުބިކް މީޓަރު ސަރަހައްދެއްގެ ނެރު ފުން ކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކުރިޔަށް ގެންދިޔަ އެވެ. އޭގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރިޔަށް ގެންދިޔަ އެވެ.

މި މަޝްރޫއުގެ ޖުމުލަ އަގަކީ 22.4 މިލިއަން ރުފިޔާ އެވެ.


ކިޔުންތެރިންގެ ހިޔާލު