ކ. ގުރައިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުރައިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ވަނީ މިއަދު ފަށާފައި ގުރައިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ވަނީ މިއަދު ފަށާފައި

ކ. ގުރައިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. 

ގުރައިދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބިމުގެ ދަތިކަން ކަމަށްވާއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގުރައިދޫގެ ބިން ހިއްކަން ވައުދުވެވަޑައިގެންފައެވެ. މި ވައުދާ އެއްގޮތަށް އެމްޓީސީސީއިން ވަނީ މިއަދު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. 

މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުގެ ދަށުން 644،000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް ބިން ހިއްކައި 1،200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. މި މަޝްރޫއުއަށް 85.9 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު