ބޮޑު ލުއިއެއް: އެސްޑީއެފްސީގެ ލޯންތައް ދެއްކުން ފަސްކޮށްދީފި

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެސްޑީއެފްސީ އިފްތިތާހުކޮށްދެއްވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެސްޑީއެފްސީ އިފްތިތާހުކޮށްދެއްވަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިއެއް ދިނުމުގެ ގޮތުން އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެސްޑީއެފްސީ)ގެ ލޯނުތައް ދެއްކަން ޖެހޭ މުއްދަތު ފަސްކޮށްފި އެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުގެ ވައުދެއްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ލޯނުތައް ދެއްކުމަށް މީގެ ކުރިން ދީފައިވާ ލުއިތައް އަންނަ މަހު ހަމަވެ އެވެ.

އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްޑީއެފްސީގެ ލޯނުތައް މިއަހަރުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެހެން ބެންކުތައް ވެސް އެގޮތައް ލޯނުތައް ފަސް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަައެއްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ވިޔަފާރިތަކަށް އެހީވާ ހާއްސަ ސްކީމްތައް ތައާރަފްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު