ޖަޕާންގެ އައު ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ރައީސް ސޯލިހު އަދި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ރައީސް ސޯލިހު އަދި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ޖަޕާންގެ ބޮޑުވަޒީރުގެ މަގާމަށް އަލަށް އިންތިހާބުވެވަޑައިގަތް ޔޮޝިހީޑޭ ސޫގާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ސޫގާއަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ ސަރުކާރާއެކު ރާއްޖެއާ ޖަޕާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ސޫގާ އެމަގާމަށް އިންތިހާބުކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުގައި ނެގުނު ވޯޓެއްގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގެއިން ނެގުނު ވޯޓުގައި އޭނާ ވަނީ 465 ވޯޓުގެ ތެރެއިން 314 ވޯޓު އޭނާ ހޯއްދެވިއިރު މަތީ ގޭގައި ނެގުނު ވޯޓުގައި ވަނީ 240 ވޯޓުގެ ތެރެއިން 142 ވޯޓު ހޯއްދަވާފައެވެ. ސޫގާ ވަނީ ހޯމަ ދުވަހު ވެރިކަންކުރާ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރުގެ މަގާމަށް ވެސް 70 އިންސައްތަ ވޯޓާއެކު އިންތިހާބުވެފައެވެ.

ޖަޕާނުން އައު ބޮޑުވަަޒީރަކު އިންތިހާބުކޮށްފައި މިވަނީ އެމަގާމު އެންމެ ގިނަ ދުވަހަށް އަދާކުރެއްވި ޝިންޒޯ އަބޭ އަލާސްކަންފުޅާއި ގުޅިގެން އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސޫގާގެ ކެބިނެޓް މިއަދުގެ ވަގުތެއްގައި އިއުލާންކުރައްވާނެ ކަމަށް ބެލެވޭއިރު ކެބިނެޓް މިނިސްޓަރުންގެ ގޮތުގައި ކުރީގެ ބޮޑުވަޒީރު އަބޭ އައްޔަނުކުރެއްވި ގިނަ މިނިސްޓަރުންތަކެއް އަލުން އަނބުރާ މަގާމުތަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. އަބޭގެ ބޮޑުވަޒީރު ކަމުގައި ސޫގާ ހުންނެވީ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައެވެ. އަދި ސޫގާ އާއި އަބޭ އަކީ ގާތް އެކުވެރި ދެ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު