ނަޝީދަށް ފިޔަވަޅު އަޅަން ހުށަހެޅި ޝުއައިބް މަގާމުން އެއްފަރާތް ކޮށްފި

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ހުށަހެޅި އެ ކޮމިޓީގެ ނައިބު މުގައްރިރު އަލީ ޝުއައިބް އެ މަގާމުން އެއްފަރާތް ކޮށްފި އެވެ.

އެމްޑީޕީ ސެކެޓްރިއޭޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން، އެ ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެންބަރުކަމުން ޝުއައިބު އަލީ އެއްފަރާތް ކޮށްފައިވާ ކަމަށެވެ. ޝުއައިބްއާ ގުޅޭ ގޮތުން ހުށަހެޅިފައި ވަނީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

ރައީސް ނަޝީދާ ދެކޮޅަށް ޝުއައިބް ހުށަހެޅި މައްސަލާގައި ވަނީ އެމަނިކުފާނު އަމިއްލަ މަސްލަހަތައް މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ. 

މީގެ އިތުރުން ޝުއައިބްއަކީ ސޯޝަލް މީޑިއާގައި ވެސް މާލޭ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރު ނުކޮށްދީފި ނަމަ އެމްޑީޕީއަށް ވޯޓު ނުދޭނެ ކަމަށް ބުނެ ކެމްޕެއިން ކުރައްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު