"މިއަދަކީ މައުމޫން ވެރިކަމުގެ އަނިޔާވެރިކަން ފާހަގަ ވި ދުވަހެއް"

20 ސެޕްޓެމްބަރ 2003 ގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން 20 ސެޕްޓެމްބަރ 2003 ގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން

19 ސެޕްޓެމްބަރ 2003 ވަނަ ދުވަހުގެ ރޭގައި މާފުށި ޖަލުގައި އަނިޔާވެރިކޮށް މަރާލެވުނު އީވާން ނަސީމްގެ މަރު ވެގެންދިޔައީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން އެންމެ ހައްދުފަހަނަޅައި ދިޔަކަން ފާހަގަކުރެވުނު އެއް ދުވަސްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.މި މޭރުމުން ޓްވީޓް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މި އަދަކީ އަނިޔާ އާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމައި ނިކުތް ދުވަސް ކަމަށެވެ. އަދި އީވާން ނަސީމްގެ ފުރާނައަށް ސަވަރުގެ މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.

އީވާން ނަސީމް ޖަލުގައި އަނިޔާވެރިކޮށް މަރާލުމާއި ގުޅިގެން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރިއެވެ. އަދި މަރުގެ ހަބަރު ލިބި މާފުށި ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި 3 ގައިދީއަކު މަރުވެ 17 މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. 

ކިޔުންތެރިންގެ ހިޔާލު