އިސްދޫ ބައު މިސްކިތް ވަށައިގެން ބަފަރ ޒޯނެއް ގާއިމްކުރުމަށް މަޝްވަރާކޮށްފި

ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ލ.އިސްދޫ ކައުންސިލާ ބައްދަލުކުރައްވަނީ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ލ.އިސްދޫ ކައުންސިލާ ބައްދަލުކުރައްވަނީ

ލ.އިސްދޫ ބައު މިސްކިތް، ވަށައިގެން ގާއިމްކުރަންޖެހޭ ބަފަރ ޒޯން ގާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް ލ.އިސްދޫ ކައުންސިލާ މަޝްވަރާކޮށްފިއެވެ.

މިއީ، ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ އިސްދޫ ބައު މިސްކިތް، ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ގާއިމްކުރަންޖެހޭ ބަފަރ ޒޯނެކެވެ.

މި ބައްދަލުކުރެއްވުމުގައި ލ.އިސްދޫގައި ހުރި ބައެއް އެހެން އާސާރީ ތަންތަނާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މިގޮތުން، އިސްދޫ ހަވިއްތަ ސަރަހައްދު ސާފު ކުރުމަށް އިސްދޫ ކައުންސިލާއި އެ ރަށު ސްކޫލުން ކުރިއަށްގެންދިޔަ މަސައްކަތް އިސްދޫ ސްކޫލުން ވަނީ ސްޓޭޓް މިނިސްޓަރ ތޯރިގް އާ ހިއްސާކޮށްފައެވެ.

2013 ވަނަ އަހަރު ރާއްޖޭގެ 6 ހިރިގަލުގެ މިސްކިތެއް ވަނީ ޔުނެސްކޯގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ. މި މިސްކިތްތައް ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ ވޯލްޑް މޮނިއުމަންޓްސް ފަންޑާއި ގުޅިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު