ކުޅުދުއްފުށީ ބޯޓެއްގެ ކެޕްޓަން ޕޮޒިޓިވްވެެއްޖެ

ކުޅުދުއްފުށި ބަނދަރު ސަރަހައްދު ކުޅުދުއްފުށި ބަނދަރު ސަރަހައްދު

ކުޅުދުއްފުށީ ސިޓީ އާއި މާލެއާ ދެމެދު ދަތުރު ކުރާ މުދާ އުފުލާ ބޯޓެއްގެ ކަޕްޓަން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި އެމީހާ ޕޮޒިޓިވްވީ އަލާމާތްތައް ފެނިގެން ކުރި ޓެސްޓުންނެވެ. އެއީ ކުޅުދުއްފުށީ ފާޅު ބޯޓުގެ މީހެކެވެ. 

އެ ބޯޓަކީ މާލެ އާއި ދެމެދު ގިނަ ދަތުރުތައް ކުރަމުންދާ ބޯޓެކެވެ. 

މިއީ ކުޅުދުއްފުށިން ކޮވިޑް ފެނުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އެ ސިޓީ ހޮސްޕިޓަލުން މާލެ ފޮނުވާލި ކުއްޖަކު މާލެ ގެނައި ފަހުން ޕޮޒިޓިވްވެފައިވެއެވެ. ނަމަވެސް އެ ފަހަރު އެ ކުއްޖާއާ ގުޅުން ހުރި އިތުރު މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. 

ކުޅުދުއްފުށީ ސިޓީގައި މިހާރު ވަރަށް ގިނަ ބަޔަކު އެކި ހިދުމަތްތައް ހޯދުމަށް ގޮސް އުޅޭ ސިޓީއެކެވެ. 

ކިޔުންތެރިންގެ ހިޔާލު