ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ. 

މެޓް އޮފީހުން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު 11:00 އިން ފެށިގެން 15:00 އަށެވެ. 

އެ އޮފީހުން ބުނެފައިވާ ގޮތުގައި މި ގަޑިތަކުގައި މި އަތޮޅުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި 25 މޭލާއި 30 މޭލާއި ދެމެދަށް ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

މި ދުވަސްކޮޅަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްކޮޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު