ރައީސްގެ މަރުހަބާ ފަނޑިޔާރު ޝުޖޫންއަށް

ފަނޑިޔާރު ޝުޖޫންވަނީ މީގެ ކުރިންވެސް މި މަގާމަށް 2 ދައުރަށް ހޮވިވަޑައިގެންފައި ފަނޑިޔާރު ޝުޖޫންވަނީ މީގެ ކުރިންވެސް މި މަގާމަށް 2 ދައުރަށް ހޮވިވަޑައިގެންފައި

އ.ދ ގެ ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރ އެންޑް އަދަރ އިންހިއުމޭން އޮ ޑީގްރޭޑިން ޓްރީޓްމެންޓް އޮ ޕަނިޝްމެންޓްގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހޮވިވަޑައިގެންނެވުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޝުޖޫން މި ކޮމިޓީގެ މެމްބަރުކަމަށް ހޮވިވަޑައިގެންނެވީ މިއަދު ޖެނީވާގައި ބޭއްވި އިލެކްޝަންގައެވެ. މި އިލެކްޝަންގައި 12 ގޮނޑިއަށް 19 ފަރާތަކުން ކުރިމަތިލައިފައިވެއެވެ. މިއީ 4 އަހަރުގެ ދައުރަކަށް ހޮވާ މަގާމެކެވެ. އެއީ 2021ވަނަ އަހަރުން ފެށިގެން 2024ވަނަ އަހަރަށެވެ.



މަގާމަށް ހޮވިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަމުން ރައީސް ވިދާޅުވީ، ސަބްކޮމިޓީގެ މެންޑޭޓް ފުރިހަމަކުރުމަށް ފަނޑިޔާރު ޝުޖޫންއަކީ ވަރަށް ގާބިލްބޭފުޅެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެކަމަނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. 

ފަނޑިޔާރު ޝުޖޫންވަނީ މީގެ ކުރިންވެސް މި މަގާމަށް 2 ދައުރަށް ހޮވިވަޑައިގެންފައެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2018 ވަނައަހަރަށް ސަބްކޮމިޓީގެ މެންބަރުކަން ކުރައްވާފައިވެއެވެ. ކޮމިޓީއަށް ހޮވިވަޑައިގެންނެވުމުގެ ކުރިންވެސް އެކަމަނާއަކީ އިންސާނީ ހައްގުތަކަށާއި އަނިޔާ ހުއްޓުވުމަށް އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. 

ކިޔުންތެރިންގެ ހިޔާލު