އައިޖީއެމްއެެޗާ ދިމާލުން މަރުވެފައި އޮތް މީހެއް މޫދުން ފެނިއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާ ދިމާލުން މަރުވެފައި އޮތް މީހެއް ހަށިގަނޑު ފުލުހުން މޫދުން ނަގައިފިއެވެ. 

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 31 އަހަރުގެ މީހެއް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އޭނާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު