"ލޫން ޕްރޮޖެކްޓް"ގެ ބެލޫންއެއް ރާއްޖެ ސަރަހައްދަށް ވެއްޓިއްޖެ

ބެލޫން ވެއްޓިފައިވަނީ ގދ.އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް ބެލޫން ވެއްޓިފައިވަނީ ގދ.އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށް

ދުނިޔޭގެ އެންމެ ރޫރަލް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމުގެ މަގްސަދުގައި، މަޝްހޫރު ސާރޗް އިންޖިން ގޫގަލް އިން ކުރިއަށް ގެންދާ "ލޫން ޕްރޮޖެކްޓް"ގެ ބެލޫންއެއް ދިވެހިރާއްޖޭ ސަރަހައްދަށް ވެއްޓިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބެލޫން ވެއްޓުނުކަމުގެ މައުލޫމާތު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނަަށް ދީފައިވަނީ މިއަދުގެ ހެނދުނު 10:08 ހާއިރުއެވެ.

މި މައުލޫމާތު ލިބުމާއި ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު އޮޕަރޭޝަނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި، ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަދި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގުޅިގެން ހާއްސަ އޮޕަރޭޝާނެއް ކޯޑިނޭޓްކޮށްގެން ކުރިއަށްގެންގޮސްފައިވެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި، މި ބެލޫން ވެއްޓިފައިވަނީ ގދ.އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ވަނީ ބެލޫން ވެއްޓުނު ސަރަހައްދަށްގޮސް އެ ބެލޫން ހޯދާފައެވެ. ރާއްޖޭގައި ހުންނަ ގޫގަލް ޕްރޮޖެކްޓް ޓީމާ ބެލޫން ހަވާލުކުރެވުނީ މިއަދު 11:50 ހާއިރުއެވެ.

ސިފައިން އިތުރަށް ބުނެފައިވަނީ، ބެލޫން ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށެވެ. އަދި އެއްވެސް ނުރައްކަލެއްވެސް ބެލޫންގެ ސަބަބުން ކުރިމަތިވެފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު