ކަނޑިންމަ ރިޒޯޓްއިން 17 މުވައްޒިފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ދ.އަތޮޅުގައި ހިންގާ ކަޑިންމަ ރިޒޯޓް ދ.އަތޮޅުގައި ހިންގާ ކަޑިންމަ ރިޒޯޓް

ދ.އަތޮޅުގައި ހިންގަމުން އަންނަ ކަޑިންމަ ރިޒޯޓްއިން 17 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. 

އެޗްޕީއޭއިން މައުލޫމާތުދީފައިވާ ގޮތުގައި، ކަޑިންމަ ރިޒޯޓްއިން 20 ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 17 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މި 17 މީހުންނަކީވެސް ރިޒޯޓް މުވައްޒިފުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ހައި ރިސްކް ފަރާތްތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.

ކަޑިންމަ ރިޒޯޓްއިން ބަލިވެގެން ދ.އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު 60 އަހަރުގެ ދިވެއްސަކު މަރުވެފައިވާއިރު، އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނި، ޓެސްޓު ކުރުމަށްފަހު، ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އެއީ ކޮވިޑްގެ މަރެއްކަމަށް އެޗްޕީއޭއިން ވަނީ ރޭގެ ވަގުތެއްގައި އިއުލާންކޮށްފައެވެ. މި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެތިން ދުވަސް ފަހުންނެވެ. 

އަދި މި އެ ރިސޯޓުގައި ބަލީގެ އަލާމަތްތައް ހުރި މީހުން ތިބި ކަމުގެ ރިޕޯޓް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށަށް ފޮނުވަން އުޅުމުން އެކަމަށް އެއްބާރުލުން ލިބިފައިނުވާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެވަގުތު އަލާމާތްތައް ހުރި މީހަކު ރިސޯޓުގައި ނެތް ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އަދި ހޮސްޕިޓަލާއި ރިސޯޓާ ދެމެދު މިކަމުގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް އެޗްއީއޯސީއިން ވަނީ ރޭ ހާމަކޮށްފައެވެ. 

ކަޑިންމަ ރިޒޯޓަށް އަރާ ފޭބުން މަނާކޮށްފައިވާއިރު، ފުރަން ބޭނުންވާ ޓޫރިސްޓުންނަށް ރިޒޯޓު ދޫކޮށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާއި ކޮންޓެކްޓް ވެފައި ނުވާނަމަ، ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނެގެޓިވްނަމަ ކަމަށް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު