ބުރާސްފަތި ދުވަހަށް ބަޖެޓް ރިޕޯޓް ނިންމަން ފާސްކޮށްފި

ބަޖެޓް ކޮމިޓީ ބަޖެޓް ކޮމިޓީ

ކުރިޔަށް އޮތް އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާކޮށް ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް އަންނަ ހަފްތާ ބުރާސްފަތި ދުވަހަށް ނިންމުމަށް ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިގްތިސޯދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ ހިމެނޭ ގޮތަށް އެކުލަވައިލި ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އިން ބުރާސްފަތި ދުވަހަށް ރިޕޯޓް ނިންމުމަށް ހުށަހެޅުއްވި އެ ކޮމިޓީގެ މެންބަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. އަދި ކޮމިޓީއަށް ހަޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސް ކުރި އެވެ.

އަންނަ ބުރާސްފަތި ދުވަހަށް ބަޖެޓް ރިޕޯޓް ފާސްކުރާއިރު، އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމަޔަށް ބަޖެޓްގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދާނެ އެވެ. ކޮންމެ މެންބަރަކަށް ވެސް ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަން ލިބޭނީ 15 މިނެޓެވެ. 

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 37.4 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު