ރ. އަތޮޅުން އދ. އަތޮޅަށް ޔެލޯ އެލާރޓް، ތ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާރޓް

ރާއްްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މެޓް އޮފީހުން އެލާރޓްތަކެއް ނެރެފިއެވެ. އެގޮތުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހަމަޔަށް ޔެލޯ އެލާރޓް އަދި ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާރޓް ނެރެފައެވެ. 

ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހަމަޔަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 15:00 އިން ފެށިގެން މިރޭ 19:00 އާ ހަމަޔަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 

ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު 15:30 އިން ފެށިގެން މިރޭ 20:30 އަށެވެ. މިވަގުތުތަކުގައި މި އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު