ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް، އުދަ އަރާފާނެ!

ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، އުދައިގެ އަަސަރުކުރުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ގުގުުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އެގޮތުން، މިއަދު ހެނދުނު 09:00 އިން ފެށިގެން 15:00 އަށް ހއ. އަތޮޅުން ޅ. އަތޮޅަށް އަދި ތ. އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ. 

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް، އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވާާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެކަމަށް ބެލެވެއެވެ.

ދެކުނު އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުންވެސް އެކަށީގެން ވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު