ކަނޑުމަތިން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވެފައިވޭ މިހާދިސާއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވެފައިވޭ

ކަނޑުމަތިން ގެއްލިގެން ދެ މީހަކު ހޯދަމުންދާކަމަށް އެމްއެންޑީއެފް އިން އިއުލާންކުރިތާ މާ ގިނަ އިރުތަކެއްނުވެ އެ ދެމީހުންވެސް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މި ދެމީހުން ގެއްލިފައިވަނީ ވިންޑްސަރފިންގ ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫއަށް ދަތުރުކުރަނިކޮށެވެ. އެ ދެމީހުންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 11:30 ހާއިރެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑުން ހަރަކާތްތެރިވެފައިވެއެވެ.

ގެއްލިގެން ހޯދުމުންދިޔަ ދެ ދިވެހިންވެސް ފެނިފައިވަނީ ލ.މާމެންދޫ ކައިރިން ކަނޑުމަތިންނެވެ. އެ ދެ މީހުން ސަލާމަތްކޮށްފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗަކުންނެވެ. 

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު