130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖެއަށް ކަނޑުމަގުން 130 ކިލޯގެ މަސްތުވާތަކެތި އެތެރުކުރަން އުޅުމުގެ މަ

މި މައްސަލައިގައި ހައްޔަރުކުރި ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ. 

މި މައްސަލައިގައި ޝަހީބު ހިމެނޭހެން ހަތް މީހަކު ހައްޔަރުކުރިއެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށާއި ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ. 

މީގެކުރިން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޝަހީބްއަކީ އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް ކަމަށެވެ.

މި މީހުންގެ މުއްދަތު ޖެހުމަށް ގެންދިޔުމުން ޝަހީބް އިބްރާހިމްއާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ޝަހީބް އަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އަދި 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް އަދި ޕީއެންސީގެ ތާއީދާއެކު އޭނާ ވިލިނގިލީ ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލިއެވެ.

ކިޔުންތެރިންގެ ހިޔާލު