ބްރިޓިޝް ލޯޔަލްޓީއަށް 75 އަހަރު - އައްޑޫގައި ހާއްސަ ޑައިވިންގ ހަރަކާތެއް ބާއްވަން މަސައްކަތްކުރަނީ!

ޝިޕްރެކްއަށް 75 އަހަރު ފުރެނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝިޕްރެކްއަށް 75 އަހަރު ފުރެނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު

އައްޑޫ ސިޓީގައި ހާއްސަ ޑައިވިންގ ހަރަކާތެއް ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލާއެކު އެ ސިޓީގައި ހަރަކާތްތެރިވާ "ނަލަފެހި މީދޫ" ޖަމިއްޔާއިން މަޝްވަރާކޮށްފިއެވެ. 

މިއީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ޝިޕްރެކް "ބްރިޓިޝް ލޯޔަލްޓީ" އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ރާވަމުންދާ ޑައިވިންގ ހަރަކާތެކެވެ. މި ހަރަކާތާއި ގުޅޭގޮތުން ޖަޒީރާނޫހަށް މައުލޫމާތުދެއްވަމުން ނަލަފެހި މީދޫ ޖަމިއްޔާއިން ބުނީ، މި ޑައިވިންގ ހަރަކާތަކީ ހުރިހާ ގޮތަކުންވެސް ފައިދާހުރި ހަރަކާތަކަށް ވާނެކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމް ދަށްވެފައިވާ ދަނޑިވަޅެއްގައި މި ފަދަ ހަރަކާތެއް ރާވައިފިނަމަ ދިވެހިރާއްޖެ އަދި ވަކިން ހާއްސަކޮށް އައްޑޫ ސިޓީ ވެސް ޕްރޮމޯޓް ވެގެންދާނެކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އިތުރަށް އެ ޖަމިއްޔާއިން ބުނެފައިވަނީ، ކައުންސިލާއެކު ކުރެވުނު މަޝްވަރާތައް ވަރަށް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް، މިފަދަ ބޮޑު ހަރަކާތެއް އެ ޖަމިއްޔާއަށާއި ކައުންސިލް ގުޅިގެން ހިންގުމަކީ ދަތި ކަމަކަށް ވާނެކަމަށާއި މިކަމަށް ސަރުކާރުގެ އެހީ ބޭނުންވާނެކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި، ވަކިން ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.


ބްރިޓިޝް ލޯޔަލްޓީ އަކީ އިނގިރޭސިން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބޭނުންކުރި ތެޔޮ ޓޭންކަރެކެވެ. މިހާރު ކަނޑުގެ 33 މީޓަރު އަޑީގައި އޮތް މި ބޯޓަކީ އިނގިރޭސިންގެ އިތުރުން އައްޑޫގެ ތާރީހާވެސް ވަރަށް ގުޅިފައިވާ ބޯޓެކެވެ. 134 މީޓަރުގެ މި ބޯޓު ކަނޑުފައްތާލީ 1946 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަންނަ އަހަރު ޖެނުއަރީ މަހު އެ ޝިޕްރެކްއަށް 75 އަހަރު ފުރޭއިރު، މިހާރު އެ ސަރަހައްދުވަނީ ތަފާތު އެކިއެކި ދިރުންތަކުން ފުރިފައެވެ. ހިތަދޫއާއި މަރަދޫއާ ދޭތެރޭގައި އޮންނަ މި ޝިޕްރެކް ބަލާލުމަށް ވަރަށް ގިނަ ޓޫރިސްޓުން އައްޑޫއަށް ދަތުރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު