އަންނަ އަހަރު ކުރީކޮޅު ކޮވިޑް-19 ވެކްސިން ރާއްޖެއަށް ގެންނަނީ

އަންނަ އަހަރުގެ ކުރީކޮޅު، ކޮވިޑް-19 އިގެ ވެކްސިން ރާއްޖެއަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑް-19 ގެ ސަބަބުން ގިނަ އުނދަގޫތަކާއި ދަތިތައް ދިމާވެފައިވާ ވަގުތެއް ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކަށް ރަނގަޅު އުންމީދެއް ކުރެވޭ ކަމަށާއި އެގޮތުން ހަތަރު ނޫނީ ފަސް މަސް ތެރޭގައި ކޮވިޑްގެ ވެކްސިން ރާއްޖެއަށް ވެސް ގެނެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެންމެ ގިނަ ވެގެން ހަތަރު، ފަސް މަސް ދުވަސް ތެރޭގައި ކޮވިޑްގެ ވެކްސިން ރާއްޖެއަށް ލިބުމުގެ އުންމީދު އެބައޮތް. އެހާ ހިސާބުން އަޅުގަނޑުމެން އުންމީދު ކުރާ ބަދަލުތައް ރާއްޖެއަށް އައިސް ރާޢްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވަނީ މި ދަނޑިވަޅުގައި ސަރުކާރުން ދެމުންގެންދާ އެހީތަކާއި ލުއިތަކާއިގެން ރައްކާތެރިކަމާއެކު ރައްޔިތުން ތިބުމަށް އެދިވަޑައިގެންފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު