ސިފައިންގެ އޮފިސަރަކު އޮޓޮމެޓިކް ސެނިޓައިޒާ މެޝިނެއް ހަދައިފި

އެމްއެންޑީއެފްގެ ސެނަހިޔާ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ސްޓާފް ސާރޖަންޓް ޝަރީފް (ސަރވިސް ނަންބަރު: 3245) އުފެއްދި އޮޓޮމެޓިކް ސެނިޓައިޒަރ މެޝިނެއް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީއަށް ހަދިޔާ ކުރައްވައިފިއެވެ.

ސެނަހިޔާ ހޮސްޕިޓަލުގެ މެއިންޓެނަންސް އިންޗާޖެއްގެ އިތުރުން ޑެންޓަލް ޑިޕާޓްމަންޓުވެސް ބެލެހެއްޓުމުގައި އިސްދައުރެއް އަދާ ކުރައްވާ ޝަރީފް މިސެނިޓައިޒަރ މެޝިން އުފެެއްދީ މިލޮކްޑައުންގެ ތެރޭގައި ލިބުނު ޗުއްޓީތެރޭގައެވެ.

1.5 ލީޓަރުގެ ސެނެޓައިޒަރ އެޅޭ މި އޮޓޮމެޓިކް މެޝިން ކުރިއަށް އޮތްތަނުގައި ސެނަހިޔާ ހޮސްޕިޓަލްގައި ވެސް ބެހެެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިމެޝިނަކީ އަތް ދިއްކޮށްލުމުން، އެމީހަކު ބޭނުން ވާ ވަރަށް ދެއަތްތިލަ ސެނިޓައިޒް ކުރެވޭ މެޝިނެކެވެ.

މިނިސްޓަރު މާރިޔާ ވަނީ ޝަރީފްގެ މިއުފެއްދުންތެރި މަސައްކަތަށްޓަކައި ޝަރީފަށް ހިތްވަރު ދެއްވައިފައެއެވެ.

ރާއްޖެއަށް ޞިއްޙީ އާލާތްތައް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސިފައިންގެ ޓެކްނިކަލް ޓީމުން މީގެ ކުރިންވެސް ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ.

ޝަރީފް އުފެއްދި ސެނިޓައިޒަރ މެޝިން މިނިސްޓަރު މާރިޔާއަށް ހަދިޔާ ކުރެއްވުމަށް ޑިފެންސް މިނިސްޓުރީގައި ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލްގެ ކާނަލް ޑޮކްޓަރު އަލީ ޝަހިދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު